-Advertisement-

-Advertisement-

ރާއްޖެއަށް މޫސުން ގޯސް، ކަނޑުތައް ގަދަ ވާނެ- މެޓް އޮފީސް

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ވަނީ މީގެ ކުރިން ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން މިއަދު ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ މިއަދުގެ ން ފެށިގެން އާއި ދެމެދުގެ ވަގުތުތަކުގައި ހއ ން ލ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-