-Advertisement-

-Advertisement-

ލާމަރުކަޒީ ނިޒާމަށް އެންމެންވެސް އިހްތިރާމް ކުރުމަށް މިނިސްޓަރު އިލްތިމާސް ކޮށްފި

ފޮޓޯ: އައްޑޫލައިވް

ލާމަރުކަޒީ ނިޒާމަށް ހުރިހާ އެންމެންވެސް އިހްތިރާމު ކުރުމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ރައީސް ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން މާލޭގެ މޭޔަރާއި ކައުންސިލަރުންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލަރުންނަކީ ސިޓީ، އަތޮޅު އަދި ރަށް ތަމްސީލް ކުރާނެ އެންމެ އިސް ފަރާތްތައް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
“ހުރިހާ އެންމެންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމުކޮށް، އިތުރަށް އަހުލުވެރިވާންޖެހޭ،” އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން، ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ދައުލަތުގެ މުއައްސަސާތަކުން އިހްތިރާމު ކުރާ ތަންތަން ކަމުގައި ހެދުމަށް ކުރާ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ނިޒާމަށް އިހްތިރާމް ކުރުމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ސަރުކާރުން ދަނީ މިނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-