ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަ ވެ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 9:00 ން މެންދުރު ފަހު 15:00 ގެ ނިޔަލަށް އެ އިދާރާއިން މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ވަނީ ލަފާކޮށްފައެވެ.
މި 5 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވެ ވިއްސާރަ ވާނެކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.