-Advertisement-

-Advertisement-

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބަހްރައިނަށް!

ފޮރިން މިނިސްޓަރ މޫސާ ޒަމީރު. ފޮޓޯ: ޕީއެސްއެމް ނިއުސް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބަހްރެއިނަށް ފުރައި ވަޑައިގެންފިއެވެ.
3 ދުވަހުގެ މުއްދަތަކަށް މިނިސްޓަރ ބަހްރެއިނަށް ކުރައްވާ މި ދަތުރުފުޅަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ހަމަކުރައްވައެވެ.
ބަހްރޭނުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުލްއާތިފު ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތައް މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މިނިސްޓަރ ޒަމީރު ބަހްރޭން ސަރުކާރުގެ އިސް އޮފިޝަލުންނާއިވެސް ބައްދަލުކުރެއްވުން ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޒަމީރު ބަހްރެއިނަށ ފުރައިވަޑައިގަންނަވާފައިވާއިރު މިއަހަރަކީ ރާއްޖެއާއި ބަހްރޭނާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 44 އަހަރު ފުރޭ އަހަރު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-