-Advertisement-

-Advertisement-

އެކްސިޑެންޓަކާއި ގުޅިގެން ތަހުގީގަށް ދެ މީހަކު ހޯދަނީ

އެކްސިޑެންޓާއި ގުޅިގެން ފުލުހުނ ްހޯދަމުން އަންނަ މީހެއް

މާލެ ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ހިނގި އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ހައިވޭ މަތީގައި ހިނގާފައިވާ އެކްސިޑެންޓެއްގެ ވީޑިއޯ ފޫޓޭޖް އާންމުކޮށް ފުލުހުން ވިދާޅުވީ، ހޯދުމަށް އިއުލާނުކޮށްފައިވާ ދެ މީހުންނަކީ އެކްސިޑެންޓެއްގެ މައްސަލައާއި ގުޅިގެން ތަހުގީގަށް ހޯދުމަށް ބޭނުންވެ ކޮންބައެއްކަން ދެނެ ގަނެވިފައި ނުވާތީ ހޯދިފައި ނުވާ ދެމީހުން ކަމަށެވެ.
މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކުރައްވައިފައި ނުވާއިރު، ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ހެންވޭރު ޕޮލިހުގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ދޭތެރެ ދޭތެރެއިން ފުލުހުން އަންނަނީ އެކި އެކި އެކްސިޑެންޓްތަކަށްފަހު ސީނަށް ފިލާ މީހުން ހޯދުމަށް އެކްސިޑެންޓް ފުޓޭޖްތައް އާންމުކޮށް އާންމުގެ އެހީތެރިކަމަށް އެދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-