-Advertisement-

-Advertisement-

އާސަންދައާއި އެންސްޕާގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެންނަނީ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު. ފޮޓޯ: ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

ބޭސްފަރުވާގެ އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އާސަންދައާއި އެންސްޕާއަށް އިސްލާހުތަކަކެއް ގެންނަން ނިންމަވާފައިވާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އާސަންދައާއި އެންސްޕާގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އާސަންދައާއި އެންސްޕާގެ ނިޒާމް ރީފޯމްކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތައް ހިނާ ވަނީ ހިއްސާކުރައްވާފައެވެ.

އާސަންދަ ނިޒާމަށް ގެނެވޭނެ މައިގަނޑު ބަދަލެއްގެ ގޮތުގައި ހީނާ ފާހަގަކުރެއްވީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމެވެ. މިގޮތުގެ މަތިން އާސަންދަ އަދި ވެލްފެއާގެ (ކުރިން އެންސްޕާގެ ދަށުން ހިންގި ބޭސްފަރުވާގެ އެހީ ސްކީމްގެ) ދަށުން ފައިސާ ދައްކާނީ ބިލްތައް ދައްކާ އިރު، އިންޝުއަރެންސް އޮންނަ ބޭފުޅުންގެ އިންޝުއަރެންސުން ކެނޑުމަށް ފަހު، ބާކީވާ ބަޔަށް އެކަންޏެވެ.

“އޭގެ އިތުރަށް ވެސް ވެލްފެއަރގެ ޕޮލިސީއާއި އަދި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން މި ދަނީ. މީގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި، ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން އިސްލާހުތަކާއި އެކީގައި.” ހީނާ ވިދާޅުވިއެވެ.

މީގެ އެންމެ މުހިންމު އެއް ބޭނުމަކީ އާސަންދަ ނިޒާމަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ޚިދުމަތްލިބޭ ނިޒާމަކަށް ހެދުންކަމަށް ހީނާ ވިދާޅުވިއެވެ.

ކުރިން އެންސްޕާގެ ދަށުން ހިންގި ވެލްފެއާ ސްކީމް މިހާރު ހިނގަމުން ދަނީ އާސަންދައިގެ ދަށުންނެވެ. އެހެންކަމުން ބޭސްފަރުވާގެ ކަންކަމަށް ކުރިން އެންސްޕާއިން ދެމުންދިޔަ ޚިދުމަތަށް މިހާރު ބަދަލު ގެނެވޭނީ އާސަންދައަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-