މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީނދޫ ސަމާލު ދަންމައިލައިފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މިރޭގެ 7:00 ފެށިގެން ދަންވަރު 1:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.
އިދާރާއިން ބުނެފައިވާ ގޮތުގައި މިސަރަހަދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަނޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Yellow alert extended. pic.twitter.com/uSORGJrbAR
— Maldives Meteorology (@MetMaldives) August 12, 2024
މޫސުމާބެހޭ އިދާރާއިން ވަނީ މީގެކުރިން މިހަފްތާގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބުނެފަ އެވެ.
މީގެއިތުރުން، އަލްޖަޒީރާއިން ވެސް ވަނީ ކުރިއަށް 72 ގަނޑިއިރު މާލެއަށް އެއްމަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރިޕޯޓްކޮށްފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އަދި ފުލުހުންގެ އިދާރާއިން ވެސް ވަނީ މޫސުން ގޯސްވާތީވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ