-Advertisement-

-Advertisement-

ބަނގުރާ ބޯކަމަށް އިއުތިރާފުވި މީހަކު ޖަލްދު ކުރަނީ

ފޮޓޯ؛ އައްޑޫ ލައިވް

ބަނގުރާ ބޯކަމަށް އިއުތިރާފުވި މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މިހާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 40 އެތިފަހަރުން ޖަލްދު ކުރުމަށެވެ. އެއީ ށ. މިލަންދޫ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ނަމާއި، ޖަލްދު ކުރުމަށް ތާވަލުކުރެވިފައިވާ ދުވަސް ކޯޓުން ހިއްސާއެއް ނުކުރެއެވެ.

ޖަލްދު ކުރުމުގެ އިތުރުން އޭނާ 27 ދުވަހަށް ޖަލަށްލުމަށް ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް 10،667 ރުފިޔާގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް ކަނޑައަޅައި ބައި ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ.

ޖަލްދު ކުރުމުގައި އަމަލު ކުރުމަށް ޤާނޫނުލް އުގޫބާތުގައި ބުނެފައިވާ ކަންކަން:

  • އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖެހުން (ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކު)
  • ޖަލްދު ކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ނުލެންބުން
  • ޖަލްދު ކުރާ މީހާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ނުލުން
  • ޖަލްދު ކުރާ މީހާގެ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުން ނުކުރުން

ޖަލްދުކުރުމަކީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-