-Advertisement-

-Advertisement-

މިހާރު ކުރިއަށްދާ މަޖިލިހުގެ ދައުރު މިމަހު 26 އި ހަމައަށް ދަންމާލަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 26 އި ހަމައަށް ދަންމާލުމަށް މަޖިލިހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ މަޖިލިހުގެ ޖަލްސާގައި މިހާރު ކުރިއަށްދާ މަޖިލިހުގެ ދައުރު މި މަހުގެ 26 އި ހަމައަށް ދަންމާލުމަށް ގަސްތުކުރައްވާކަން ހާމަކުރައްވައި ވޯޓަށް އައްސަވާނެކަމަށް އިއުލާނު ކުރައްވައިފައެވެ.
މިހާރު އޮތް ގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް މަޖިލިހުގެ މި ދައުރު ހަމަވާއިރު ދައުރު ދިގު ދަންމާލުމަށް މަސައްކަތް ކުރައްވަނީ، މި ދައުރުގައި ނިންމުމަށް މުހިއްމު މަސައްކަތްތަކެއް ހުރުމުން ކަމުގައިވެސް ރިޔާސަތުން ހާމަކުރައްވައެވެ.
ވިހިވަނަ މަޖިލިސް އެކުލަވާލެވި، މެންބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ. ޖުމުލަ 93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. ޕީއެންސީގައި 75 މެންބަރުން އެބަތިއްބެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-