-Advertisement-

-Advertisement-

މާލެއަށް އާއި މެދުރާއްޖެ ތެރޭގެ އަތޮޅުަތަކަށް އޮރެންޖް އެލާޓް ނެރެފި

މާލެއަށް މިހާރު ކުރިޔަށްދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައި. ވިއްސާރައިގެ އަސަރު ފިހާރަތަކަށާއި ގެތަކަށް ވަނީ ކޮށްފައި. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

މާލެ ސިޓީ އާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މާލެ ސިޓީގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި ވ. އަތޮޅަށާއި އއ. އަތޮޅަށާއި އދ. އަތޮޅުތަކަށް މިއަދު މެންދުރު ފަހު 14:15 އިން އިރުއޮއްސި 18:15 އަށް އެލާޓް ނެރެފައެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިހަފްތާ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އެއިދާރާއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސަމާލުތައް ނެރެމުންނެވެ. މީގެއިތުރުން ބައިނަލައަޤްވާމީ ނޫހެއް ކަމަށްވާ އަލްޖަޒީރާއިން ވެސް ވަނީ މިއަދުން ފެށިގެން ބުރާސްފަތި ދިވަހުގެ ތެރޭގައި މާލެއަށް އެއްމަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-