-Advertisement-

-Advertisement-

މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު

ފޮޓޯ: ދައުރު

މޫސުން ގޯސްވެ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލުތައް މާދަމާ ބަންދުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ދެން އޮންލައިން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓްރީން އަދި ނިންމާފައިވާނީ ސްކޫލުތައް މާދަމާ އަށް ބަންދުކުރުމަށް ކަމަށެވެ.

މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ދެން އޮންލައިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓްރީން މިހާރު ދަނީ އެހެން އަތޮޅުތަކުގެ މައުލޫމާތު ދެނެގަތުމަށް މައުލޫމާތު އެއްކުރަމުންނެވެ. އަދި އެއަށްފަހު، އެއަތޮޅުތަކުގެ ސްކޫލްތަކާއި މެދު ވަކި ގޮތެއް ނިންމާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދަށް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަދުވެސް މާލޭގެ ބައެއް ސްކޫލްތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންދުކޮށްފަ އެވެ.

މީގެއިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ފުލުހުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ހާލަތެއްގައި މެނުވީ ނުދުއްވުމަށް އިލްތިމާސް ކޮށްފައެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގެ މަގުތަކުން ފެން ހިއްކުމަށް މަސައްކަތް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-