-Advertisement-

-Advertisement-

މަގުތައް މައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެދެފި

ފޮޓޯ: އައްޑޫލައިވް

މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގެ ފެންބޮޑުވެފައިވާތީވެ މަގުތައް މައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކޮށްފިއެވެ.

ވެމްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކުވެސް ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާލަތުގައި ކުނިނެރުމުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަމުން ވެމްކޯއިން ބުނެފައި ވަނީ ކުނި ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، މަގުތަކަށް ކުނި ނުނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށެވެ.

މީގެއިތުރުން ކުނި ނުނަގާ ތަންތަން ހުރި ކަމުގައިވާނަމަ 1666 އަށް ގުޅައި އެކަން އެންގުމަށެވެ. އަދި ޓްރާންސްފާ ހިދުމަތްތައް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-