-Advertisement-

-Advertisement-

5 މިނަޓުން ދަރިފުޅަށް ދަސްކޮށްދެވިދާނެ ފަސް ކަމެއް

ބޮޑުވަމުން އަންނަ ތުއްތުކުދިންނަކީ އެކުދިންގެ މާހައުލުގައި އަހަރުމެން އުޅޭގޮތް ވަރަށް އަވަހަށް ނަގައިގަންނަ ކުދިންނެވެ. އެގޮތުން މިކުދިންނަށް ދިރިއުޅުމުގައިވެސް ބޭނުންހިފޭން ކަންކަން ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. މީގެ ސަބަބުން ކުއްޖާ އަމިއްލަ ނަފްސަށް އިތުބާރު ކޮށް އަމިއްލައަށް ކަންކަން ކުރެވޭނެ ކަމަށް ގަބޫލުކުރަންފަށައެވެ. މިއީ ހަމަ އެންމެ 5 މިނަޓުންވެސް ކޮންމެ ދުވަހަކު ކުއްޖާއަށް ދަސްކޮށްދެވޭނެ ކަންތައްތަކެވެ.

1. ގަހަށް ފެން ދިނުން
ގޭތެރޭގެ ދިރުންތަކަށް އަޅާލާ ހެދުމަކީ ކޮންމެ ކުއްޖަކުވެސް ދަސްކުރަންވާނެއެވެ. އޭގެ ސަބަބުން ކުއްޖާގެ ހިތުގައި އެހެނިހެން ދިރޭ ތަކެއްޗަށް އޯގާތެރިކަން އުފެދޭނެއެވެ. އެހެންކަމުން ގޭގައި ގަސްހައްދާނަމަ ގަސްތަކަށް ފެންދިނުމުގައި އެކުދިން ބައިވެރި ކުރާށެވެ. އަދި ކުއްޖާ އަބަދުވެސް ފެންދޭންވާނެ ގަހެއް ހާއްސަކޮށްފައި ބަހައްޓާށެވެ.

2. ބޫޓު، ކުޅޭތަކެތި، ހެދުން ރައްކާކޮށް ބެހެއްޓުން
ގޭތެރޭގެ ކޮންމެ އެއްޗަކީ އެތަކެއްޗަށް ކަނޑައެޅިފައިވާ ތަންތާގައި ބަހައްޓަން ޖެހޭ އެއްޗެތިކަން ކުއްޖާއަށް ދަސްކޮށްދޭށެވެ. ކުއްޖާއާއިއެކު ބޭރުން އައިސް ކުއްޖާ އަމިއްލައަށް އެކުއްޖެއްގެ ބޫޓު، ފައިވާން ހަރުގައި ބެހެއްޓުމަށް އިރުޝާދު ދެވިދާނެއެވެ. ނުވަތަ ކުޅެ ނިމުމުން ކުޅޭ ތަކެތި ޓުކުރިއަށް އަޅާލުމަށްވެސް ދަސްކޮށްދެވިދާނެއެވެ.

3. ގޭތެރެ ފިހިގަނޑުން ފޮޅާ ސާފުކުރުން
މިއީ ކުދިންނަށް 2 އަހަރުން ފެށިގެންވެސް ކުރަން ދަކޮށްދެވިދާނެ ކަމެކެވެ. މަންމަ ގޭތެރޭ ފޮޅާ ގަޑިއެއްގައި ކުއްޖާއަތަށް ކުޑަ ފިހިގަނޑެއް ދިނުމަށްފަހު ކުނި ކަހާ އެ ކުނި އެއްކުރާގޮތް ކިޔައި ދޭށެވެ.

4. ދޮރު، ލުއްވަގަނޑު ލައްޕަން ދަސްކޮށްދިނުން
ކުއްޖާއަށް ރައްކާތެރި ގޮތަކަށް ދޮރު ލައްޕަން ދަސްކޮށްދޭށެވެ. ކުއްޖާގެ އަތް ބަހައްޓަންވީ ގޮތުގެ އިރުޝާދު ދޭށެވެ. މިފަދަ ކަންކަން ކުއްޖާއަށް އެގިފައި ހުރުމުގެ ބޭނުމަކީ ކުއްޖާގެ ވެށީގައި އަމިއްލައަށް ކަންކަން ކޮށްލެވުމުން އެކުދިންގެ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެން ދާނެއެވެ. އަދި ކަމެއް ކޮށްދެވުމުގެ އުފާވެރިކަންވެސް އިހުސާސްވާނެއެވެ.

5. ކުއްޖާއަމިއްލައަށް ކާން އެއްޗެއް ތައްޔާރު ކުރާނެގޮތް ކިޔައިދޭށެވެ.
ޕީނަޓް ބަޓަރާއި ފާނުގައި ސޭންޑްވިޗެއް ހަދާލަންވިޔަސް، ފުރުޓު ސެލެޑެއް ހަދާލަންވިޔަސް ކުއްޖާއަށް އަމިއްލައަށް ތައްޔާކުރެވޭނެ ގޮތް ކިޔައިދޭށެވެ. އަދި މިތަކެތި ކުއްޖާ އަތުޖެހޭ ހިސާބެއްގައި ބަހައްޓާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-