މިއަދު މާފަންނުގައި ހުރި އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ ދިވެހި އަންހެނެކެވެ. އަންހެން މީހާ ވެއްޓުނީ އެ ގޭގެ ތިރީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ މައްޗަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ވެއްޓުމާއެކު، އެ ތަނުގައި ތިބި އާންމުންގެ ބަޔަކު ވަނީ ވަގުތުން، އެ އަންހެން މީހާ އެ ޕިކަޕުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. މި އަންހެން މީހާގެ ފޮޓޯ އާއި ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.