-Advertisement-

-Advertisement-

މަންކީޕޮކްސްއާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

މިނިސްޓްރީ އޮފް ހެލްތުގެ މައި އިދާރާ

އެފްރިކާ ބައްރުގައި ހަލުވި ދުވެލީގައި ފެތުރެމުން އަންނަ މަންކީޕޮކްސް ނުވަތަ އެމްޕޮކްސް ނަމަކަށް ކިޔާ ބައްޔަކާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެއެވެ.
އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ފެނި އެ ބަލީގެ އާ ވޭރިއަންޓެއް ބާރަށް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ އެލާޓްގެ އެންމެ މަތި ދަރަޖަ އިއުލާނުކޮށްފައެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެންމެ ފުރަތަމަ ފެތުރެން ފެށި މި ބަލި ހަލުވި ދުވެލީގައި އަވަށްޓެރި ޤައުމުތަކުން ފެތުރެން ފަށައިފައިވުމަކީ ދުނިޔޭގެ ހުރިހ ޤައުމަކުންވެސް މިކަމާމެދު ސަމާލުވާންޖެހޭ ކަމެއްކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، އެ ބައްޔާއި ގުޅޭގޮތުން އެ އިދާރާއިން ރިސްކް އެސެސްމަންޓް ހަދަމުން އަންނައިރު، އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ އިރުޝާދު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޕޮކްސް ޖެހުމުން އެންމެ ފުރަތަމަ ހުން އައިސް މީހާގެ ވަރުދެރަވެއެވެ. އަދި ފަހުން ގައިން ދިޔަ ހެދޭ ބިހިތަކެއް ނަގައެވެ. މި ބައްޔަކީ ފަރުވާ ދިނުމުން ރަނގަަޅުވާ ބައްޔެއް ނަމަވެސް، ސީރިއަސް ހާލަތްތަކުގައި ފުރާނަައަށް ނުރައްކާވެއެވެ.
އެ ބައްޔަކީ ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެންމެ ފުރަތަަމަ ފެތުރެން ފެށި މި ބަލީގެ އާ ވޭރިއަންޓެއް ފެނިފައިވާއިރު، ޑަބްލިއުއެޗްއޯިން ބުނެފައި ވަނީ އާ ވޭރިއަންޓު ފެތުރޭލެއް މާ ފަސޭހަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-