-Advertisement-

-Advertisement-

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ދެ ސަރަހައްދަކަށް ރީނދޫ ސަމާލުނެރެފި

ފޮޓޯ: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަވެ މޫސުން އިތުރަށް ގޯސްވެ ދެ ސަރަހަށްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މިއަދުގެ އިތުރުން ކުރިއަށް އޮތް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް އެ އިދާރާއިން ދެ ސަރަހައްދަކަށް ނެރުނު ރީނދޫ ސަމާލުގައި ވަނީ މިއަދު މެންދުރު 13:00 އާ ހަމައަށް އެ ސަރަހައްދުތަކަށް މޭލާއި މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަދިއަކު މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓް އިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. 13:00 އާ ހަމައަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ވިއްސާރަވެ ފެން ބޮޑުވުމުގެ ސަބަބުން އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑަ އަޅުއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-