-Advertisement-

-Advertisement-

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ހޮޓެލް ހިންގުމަށް ފުރުޞަތު ހުޅުވާލައިފި

މަޝްރޫޢާ ގުޅިގެން އެޗްޑީސީން އާންމުކޮށްފައިވާ ފޮޓޯއެއް. ފޮޓޯ: ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ހޮޓެލް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

އެޗްޑީސީން އިއްޔެ ވަނީ މި ކަން ހާމަކޮށް އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލްގައި ޖުމްލަ 3 ހޮޓެލް ތަރައްޤީ ކުރުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ، މަޝްރޫޢު އެވޯޑު ކުރެވޭނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ލޭންޑް ލީސް މޮޑެލްއަށް މި މަސައްކަތް ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެހެންނަމަވެސް އެހެން މޮޑެލްތަކަށް ހުށަހަޅާ އީއޯއައި ވެސް އެޗްޑީސީން ބަލައިގަންނާނެއެވެ.

އީއޯއައި އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންކަން:

  • ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލް
  • އޮޕަރޭޓަރުގެ ތަޖުރިބާ
  • ސީ.އެސް.އާރު

އީއޯއައި ހުށަހަޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ 14:00އެވެ. އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓުންނާއި އެޗްޑީސީގެ ނަމްބަރު 1516އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-