-Advertisement-

-Advertisement-

ބާ ކައުންސިލަށް ސެކެޓްރީ ޖެނަރަލެއް ހޯދަނީ

ފޮޓޯ: ބާ ކައުންސިލް

ބޮޑު މުސާރައަކާ އެކު ބާ ކައުންސިލްގެ ސެކެޓްރީ ޖެނަރަލް މަގާމު ފުރުއްވާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މި ކަން ހާމަކޮށް އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ސެކެޓްރީ ޖެނަރަލްގެ މަގާމު ފުރުއްވާ ފަރާތުގެ މުސާރައިގެ ގޮތުގައި މަހަކު 40،500 ރުފިޔާ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަގާމަށް ހޮވޭ ފަރާތަކަށް މަސައްކަތާ ގުޅިގެން ލިބެންޖެހޭ އެހެނިހެން އެލެވެންސްތަކާއި ރޯދަ އެލެވެންސާއި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަޤާމަށް އައްޔަނު ކުރެވޭ ފަރާތެއްގެ ހުންނަން ޖެހޭނެ ޝަރުތުތައް:

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުން
  • ޤާނޫނީ ވަކީލެއްގެ ގޮތުގައި 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
  • ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން
  • ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

މި މަޤާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ބާ ކައުންސިލްގެ ސެކެޓްރީ ޖެނަރަލް މަގާމަށް ކޮންމެ ފަހަރަކު ވެސް ބޭފުޅަކު އައްޔަނު ކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ކައުންސިލަށް ސެކެޓްރީ ޖެނަރަލަކު ހޯދުމަށް މި މަހުގެ 5 ވަނަ ދުވަހު ވެސް ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް، އަނެއްކާ ވެސް އިއުލާނުކޮށްފައި މި ވަނީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީއެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކުރިން ސެކެޓްރީ ޖެނަރަލަކު ހޯދުމަށް ކުރި އިއުލާނަށް ފޯމު ހުށަހެޅި ފަރާތްތައް މި ފަހަރު ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-