ފިހާރައަކުން ގަތް ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑެއް ކައިގެން ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ގދ. ތިނަދޫ ގައި ސުމަން ނަމަކަށް ކިޔާ ފިހާރައެއްގައި ވިއްކަން ހުރި ހެދިކާއެއް ގަތުމަށްފަހު ކޭއިރު، ހެދިކާގެ އެތެރޭގައި އޮތް ހެދިކާގެ އެތެރޭގައި އޮތް ފުޅިތޮށިގަނޑެއް އަނގައަށް ވަދެ އަނގައިގެ އެތެރެ ކަފައިގެން ދިޔައީ ކަމަށް މިވާހަކަ ފޭސްބުކްގައި ހިއްސާކުރި މީހަކު ބުނެފައިވެ އެވެ.
މިހަދިސާގައި އަނިޔާވި ކުއްޖާގެ އަނގައިގެ އެތެރެ ކަފައިގެން ގޮސްފައި ހުރިތަނާއި އެކު ހެދިކާގެ ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރަމުން ފޮޓޯ ހިއްސާ ކުރި ފަރާތުން ބުނެފައިވަނީ ހެދިކާ ގަނެފައި ވަނީ ރަށުގެ ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ފިހާރައަކުން ކަމަށާއި ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ބަލަން ޖެހޭ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ސޯޝަލް މީޑިއާ އިން ކުޑަކުއްޖަކު ކޭ ހެދިކާއެއްގެ ތެރެއިން ފުޅިތޮށިގަނޑެއް ފެނިފައިވާކަން އެނގިފައިވާ ކަމަށާއި މިމައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ސައުދު ވަނީ އެރަށުގައި ގިނަ އަދަދެއްގެ މީހުން ހެދިކާ ހެދުމަށްފަހު ފިހާރަތަކަށް ވިއްކަން ލާ ކަމަށެވެ. އަދި މި ހާދިސާ ހިނގީ ކޮން ފަރާތެއްގެ ސަބަބުން ކަމެއް އަދި ސާފުވެފައި ނުވާ ކަމަށެވެ.