-Advertisement-

-Advertisement-

ޣައްޒާއިން ޕޯލިޔޯ ޖެހިފައި ހުރި ތުއްތު ކުއްޖަކު ފެނިއްޖެ

ފޮޓޯ: މުހައްމަދު އަބިދް/އޭއެފްޕީ

ޣައްޒާގެ އަލް-ބަލަޙް އަވަށުން ޕޯލިޔޯ ޖެހިފައި އޮތް 10 މަހުގެ ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

ޣައްޒާއިން މި ބަލި ފެނިފައި މި ވަނީ ޕޯލިޔޯ ޖައްސާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާކަމުގެ އިންޒާރު ނެރެފައިވާ ދަނޑިވަޅެއްގައެވެ. މި ވައިރަސް ފެތުރެން މެދުވެރިވި ސަބަބެއްކަމުގައި ލަފާކުރެވެނީ ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމާއި، ސާފު ބޯފެން ލިބުމާއި ނަރުދަނާ ނިޒާމު ދަށަށް ދިއުމުގެ ސަބަބުންނެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރި ގޮތުގައި އެ ގައުމުން މި ބައްޔާ އެކު ފެނުނު މިއީ ފުރަތަމަ ކުއްޖާއެވެ.

ޣައްޒާއިން ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ހިންގާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. މި ކެމްޕޭނަށްޓަކައި ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލަން އދން ގޮވައިލާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ދަނޑިވަޅުގައި ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވަނީ ނަރުދަމާ ނިޒާމު ފުނޑިފައިވުމާއި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހުސްވެފައިވުމެވެ. ނަރުދަމާ ނިޒާމު ބަލިކަށިވެ މަގުތަކަށް ނަޖިސް ފެތުރެމުންދާކަމަށް ވެސް ޣައްޒާގެ ޞިއްޙީ ވުޒާރާއިން އާންމުކޮށްފައިވެއެވެ. މި ސަބަބުތަކާ ހުރެ ޕޯލިޔޯ ޖައްސާ ވައިރަސް ފެތުރޭ މިންވަރު އަވަސް ވާނެކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-