ފާއިތުވި ހަފްތާއެއްހާ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ރަނގަޅު ނުވެ ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލި ނެރެފިއެވެ.
އެ އިދާރާއިން ނެރުނު ހުދު ސަމާލުގައި ވަނީ، މިއަދު ހެނދުނު 11:00 އިން ހަވީރު 17:00 އި ދެމެދުގެ ވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި އެ ސަރަހަށްދަށް ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ގަދަބެ ކޮންމެ ދުވަހަކުވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ހުދު ސަމާލާއި ރީނދޫ ސަމާލުތައް ނެރެމުންނެވެ.