-Advertisement-

-Advertisement-

އަމިއްލަ ފަރާތްތަކުން އުފައްދާ ކާބޯ ތަކެތި ސިއްހީ މިންގަނޑުތަކަށް ފެތޭތޯ ބަލަނީ

ފޮޓޯ: އަދަދު

އަމިއްލަ ފަރާތްތަކުން އުފައްދައިގެން ފިހާރަތަކާއި ކެފޭތައް މެދުވެރިކޮށް އަދި އެހެނިހެން ތަންތަނުގައިވެސް ވިއްކާ ކާބޯ ތަކެއްޗަކީ ސިއްހީ މިންގަނޑުތަކަށް ފެތޭ ތަކެތިތޯ ޗެކްކުރަން ފަށައިފިއެވެ.
މިކަމާއި ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރު ހާލިސާ މުހައްމަދު ވިދާޅުވީ، ކާބޯތަކެތީގެ ގަނޫނު ތަންފީޒުކުރަން ފެށުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުން ދާނީ އެ އިދާރާ މެދުވެރިކޮށް ކަމަށެވެ.
އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކާބޯތަކެތީގެ ގިންތިތަކެއް ކަނޑައަޅާނެ ކަމަށާއި ކާބޯތަކެތި އުފައްދައި ކާބޯތަކެތީގެ ވިޔަފާރީ ކުރާ ތަންތަން ހަ މަސްދުވަހުގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީ ވެސް ކުރަން ޖެހޭނެ ކަމަށް
ހާލިސާ ވިދާޅުވިއެވެ.
އެގޮތުން އެ ޤާނޫނާއެކު ފިހާރަތަކުގައި ކާބޯތަކެތި ބަހަށްޓައިގެން ވިއްކޭނީ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށްކަމުގައި ފާހަގަކުރައްވައި ޚާލިސާ ވިދާޅުވީ، އެގޮތަށް ބަހަށްޓައިގެން ވިއްކާ ތަކެއްޗަކީ އެ މިންގަނޑުތަކަށް ފެތޭ ތަކެތިތޯ އެ އިދާރާއިން ބަކަމުން އަންނާނެ ކަމަށެވެ.
އެގޮތުން އަލަށް ތަންފީޒު ކުރަން ފެށޭ ޤާނޫނާއެކު، ކުރިން އެންގުމަކާއި ނުލައި އެފަދަ ތަންތަނަށް ގޮސް ތަންތަން ބެލުމުގެ ބާރު ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންދާނެކަން ހާލިސާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކާބޯތަކެތީގެ ގާނޫނަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ. ކާބޯތަކެތީގެ ގާނޫނަށް އަމަލު ކުރަން ހުކުރު ދުވަހުން ފެށިގެން ފަށާއިރު ކާބޯތަކެތީގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާއި ހިލާފުވާ ފަރާތްތަކާއި ތަންތަން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚުތިޔާރު ވެސް ގާނޫނުން އެމްއެފްޑީއޭއަށް ލިބިދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-