-Advertisement-

-Advertisement-

ސާފުތާހިރުކަން އިންތިހާއަށް ކުޑަކޮށް ކޮށި ފޯއް ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ސާފުތާހިރުކަން އިންތިހާއަށް ކުޑަކޮށް ކޮށި ފޯއް ވިއްކަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ސާފުތާހިރުކަން އިންތިހާއަށް ދަށް ތަނެއްގައި ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް ވިޔަފާރި ބޭނުންމަށް ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ދެބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ހިނގި ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން މ. ރީތި އޯކިޑް ނަމަކަށް ކިޔުނު ގެއެއް ބަލާ ފާސްކޮށް ނުގަވާއިދުން އުޅޭ ދެބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެއިތުރުން، އެގޭ ބަލާފާސް ކުރުމުން އެ ތަނަކީ ފޯއް ތައްޔާރުކޮށް އޭގެ ވިޔަފާރިކުރާ ތަނެއް ކަމަށާއި އެ ތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށް ތަނެއް ކަމަށެވެ. އަދި އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިމިގްރޭޝަނުން އެތަނުގެ ފޮޓޯތައް ހިއްސާކޮށްފައިވާ އިރު، އެފޮޓޯތަކުން ފާހާނާއެއްގެ ކުރިމަތީ ގޯންޏެއްގެ މައްޗަށް ފޯއްތަށް އުކާލާފައި ހުންނަ ތަން ފެނިގެންދާއިރު، އެތަނަކީ އިންތިހާއަށް ސާފުތަހިރުކަން ކުޑަތަނެއްކަން ފެނިގެންދެ އެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް ތަނުގައިވެސް އެފަދައިން އެއްބާރުލުން ދިނުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-