ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި އުފައްދާ ބަންގްލަދޭޝް ފިރިހެނަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.
އިމިގްރޭޝަނުން ވަނީ އުމުރުން 32 އަހަރުގެ އަރްފަތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޗަ ފިރިހެނަކު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ. އެގޮތުން މަޖީދީ މަގުގައި ހުންނަ މ. ސްޓާ ކްލައުޑް ބިލްޑިންގެ، 10 ވަނަ ފަންގިފިލާގެ ރިސްކް މެނޭޖްމަންތް ސެކްޝަން އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 8 އިން ހަވީރު 4 އާ ދެމެދު ވަގުތެއްގައި ހާޒިރު ވުމަށް އެއިދާރާއިން ވަނީ އަންގާ އޭނާގެ ވަނަވަރު އާންމުކޮށްފައެވެ.
މީގެ އިތުރުން، އެމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އިނގޭނަމަ އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ ރިސްކް މެނޭޖްމަންޓް ސެކްޝަންގެ އީމެއިލް އަށް މެއިލް ކުރުމަށް ވެސް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.
އެގޮތުން އެ ވީޑިއޯއިން ފެންނަ ގޮތުގައި ވީޑިއޯކުރި މީހާ އެ ބިދޭސީ މީހާ އާއި ސުވާލުވެސް ކުރެއެވެ. ބިދޭސީމީހާ މަޑުކޮށްގެން ހުރީ މާލޭގެ ބޮޑުތަކުރުފާނު މަގުން މޭރީބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގަ އެވެ. އެއީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެކެވެ.ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީމީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނެފައިވަނީ އެއީ ބުޅާތައް ގެ އަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.
ވީޑިއޯ ތައްޔާރުކުރި ދިވެހި މީހާ ވަނީ ބިދޭސީމީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފައެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ.