-Advertisement-

-Advertisement-

ސްކޭމަކުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ފޮޓޯ؛ ޓައިމްސް އޮފް އައްޑޫ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓްތަކަކުން 1.8 މިލިއަން ރުފިޔާ ފޭރުނު މީހަކު 115،540 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހއ. މޮޅަދޫ، މިސްރާބުގޭ ހަސަން ނާހިދުގެ މައްޗަށެވެ. މި ގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މިދިޔަ އާދީއްތަ ދުވަހެވެ. ނާހިދުގެ މައްޗަށް ކަނޑައަޅައިފައި އޮތް ޖޫރިމަނާ 18 އޯގަސްޓް 2024 ވީ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމުގައި ބުނެފައެވެ.

އޭނާއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ ކުށަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.

“ހަސަން ނާހިދާއެކު ޕްރޮސެކިއުޓާ ޖެނެރަލް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ހަސަން ނާހިދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އަދި ހަސަން ނާހިދުގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު 115،400ރ. އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކުރަން،” ހުކުމުގައި ބުނެފައިވެއެވެ. ނަމަވެސް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކޮށް ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު ވަނީ 113،800ރ. އަށް ދަށްކޮށްފައެވެ.

ހަސަން ނާހިދު ޖުމްލަ 5 އެކައުންޓަކުން ފޭރުނުކަމަށް މައުލޫމާތު ލިބެއެވެ. އެއީ ހަލީމް ނަމަކަށް ކިޔާ މީހަކު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކާއި، އޭނާގެ ކާފަ ދަރީގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ 2 އެކައުންޓް އަދި ނާހިދުގެ އޭރުގެ އަންހެނުން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 2 އެކައުންޓެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-