-Advertisement-

-Advertisement-

މާލެ ސަރަހައްދަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ޕާކް ކުރާނެ ވަގުތީ ބިމެއް ހަމަޖައްސައިފި

ފޮޓޯ/ދައުރު

މާލެ ސަރަހައްދުގައި އޭ ޒޯންއަށް ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައް ވަގުތީ ގޮތުން ޕާކް ކުރާނެ ބިމެއް ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މާލެ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުންގެ އިދާރާ އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ހަމަޖެއްސި މި ބިމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިއީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަމަ ޖައްސައިފައިވާ މި ބިމާއި ގުޅޭ އިތުރު މައުލޫމާތެއް އެ ވުޒާރަގެ ފަރާތުން އަދި ހާމައެއް ނުކުރެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ އެއްޗިހި ގިނަވެ ޤާވާއިދާއި ޚިލާފަށް ޕާކު ކުރުމުގެ މައްސަލައަކީ އާންމު މައްސަލައެކެވެ. މިކަމަށް ޙައްލެއް ގެނެސް މާލެ ސަރަހައްދުގައު ދުއްވާ އެއްޗެހީގެ މައްސަލައަށް ޙައްލު ގެނެސްދިނުމަކީ މިހާރުގެ ސަރުކާރުގެ ރިޔާސީ ވައުދެއްވެސް މެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-