ސައޫދީ އަރަބިއްޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާ އަށް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލީގެ ދައުވަތަކަށް ރާއްޖޭގެ ހާޒިޖީ ވަޒީރު މޫސާ ޒަމީރު އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަނީ އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުވުމާއި ގުޅޭގޮތުންނާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ވަޒީރު ވަނީ ގަވަރުނަރާއި ހިއްސާ ކުރައްވާފަ އެވެ.
މިދަތުރުފުޅުގައި ވަޒީރު ވަނީ އެގައުމުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާ ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.