-Advertisement-

-Advertisement-

އޯއައިސީގެ ފިޤުހު އެކަޑަމީގެ މެމްބަރަކަށް ޝަހީމް ޢައްޔަނުކޮށްފި

ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.

މި ކަން ހާމަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވަޒީރު ޝަހީމް އެ މަގާމަށް އައްޔަނުކުރެއްވީ 8 އޯގަސްޓް 2024 ގައި ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައިކަމަށެވެ.

އޯއައިސީގެ މާގާމުތައް ޝަހީމް މީގެ ކުރިން ވެސް ވަނީ ފުރުއްވާފައެވެ. އެގޮތުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިސްވެރިޔާގެ މަގާމު ވެސް ޝަހީމް ފުރުއްވިކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-