ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި ދުބާއީގައި ހުންނަ ހެލިކޮޕްޓަރު އަދި ވާޓިޕޯޓް އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ ވިންގްސް ކެޕިޓަލް މެނޭޖްމަންޓް އާއި އެކު މިއަދު ވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އާބަން އެއާ މޮބިލިޓީން އިން ހާމަކޮށްފައިވާ ގޮތުގައި “ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް”ގެ ނަމުން ނަން ދީފައިވާ ކޯލަބަރޭޓިވް ޕާޓްނަޝިޕެއްގެ ދަށުން އީވީޓީއޯއެލްތަކާއެކު، ވީވީއައިޕީ އެންޑް އެޗްއެންއައި އެއާ ޓެކްސީ އޮޕަރޭޝަންސް، ކޮމާޝަލް ކާގޯ އަދި ޕެސެންޖަރު އޮޕަރޭޝަންސްގެ ހިދުމަތަށް ހުޅުވާލާނެއެވެ.
މިއާއިއެކު، ރާއްޖެ ހުރަސްކޮށް އެޑްވާންސް އެއާ މޮބިލިޓީ އިންފްރާސްޓްރަކްޗާ ރޯލް އައުޓް ކުރުމުގެ އިތުރުން ޑްރޯންތަކާއި ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (ވީޓީއޯއެލް) އަށް އައިލެންޑް އެއާ މޮބިލިޓީ ކުރެވޭނެ ގޮތް ހަދާ މަތިންދާބޯޓުތަކުގެ ހިދުމަތް ވެސް ހުޅުވާލެވިގެންދާނެ ކަމަށް އާބަން އެއާ މޮބިލިޓީން ވަނީ ބުނެފަ އެވެ.
މިމަޝްރޫއާއި މެދު އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މި މަޝްރޫއު ހިންގުމަށްޓަކައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޝަންތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ފަރާތެއްކަމުގައި ވާނެ ކަމަށާއި ދުބާއީގައި ހުންނަ ހެލިކޮޕްޓަރު އޮޕަރޭޓަރުގެ ގޮތުގައި އެއާ ޝެޓޯ އާއި ޕްރޮޖެކްޓް މެނޭޖްމަންޓް ފެސިލިޓޭޓަރުގެ ގޮތުގައި ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ އެކު ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕެއް ގާއިމް ކުރަން ގަސްތުކުރާ ކަމަށެވެ.
މީގެއިތުރުން، ދުބާއީގެ ކުންދުނި އާއިއެކު ހެދުނު މި ޕާޓްނަޝިޕްގެ ސަބަބުން އެއާޝެޓޯއިން ރާއްޖޭގެ 1200 އަށް ވުރެ ގިނަ ޖަޒީރާ ގުޅުވައިދޭ ވާޓިޕޯޓާއި ޑްރޯންޕޯޓްގެ ނެޓްވޯކެއް ތަރައްގީ ވެގެން ދާނެކަމަށް ވެސް މުބީން ވިދާޅުވި އެވެ.