ރާއްޖޭގެ ފަސް ސަރަހައްދެއް ސްޕޯޓްސް ފިޝިންގްއަށް ތަރައްޤީ ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މަސްވެރާއްޖޭގެ ފަސް ސަރަހައްދެއް ސްޕޯޓްސް ފިޝިންގްއަށް ތަރައްޤީ ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ސަރަހައްދުތަކެއް ތަރައްޤީ ކުރުމަށް ނިންމީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެ ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުވެގެންދާނެކަން ފާހަގަ ކުރައްވާ ވަޒީރު ވަނީ، މިއީ އިތުރު ވަޒީފާއާއި ވިޔަފާރި ފުރުސަތުތައްވެސް ހުޅުވިގެންދާނެ މަޝްރޫޢެއް ކަމަށެވެ.
އަދި ހަމައެޔާއެކު މި މަޝްރޫއަކީ، މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ސަރަހައްދުތައް ތަރައްޤީކޮށް އެކަން ކުރިއެރުވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުޅެއްވެސް މެއެވެ.
ރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ސަރަހައްދުތަކެއް ތަރައްޤީ ކުރުމަށް ނިންމީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.