-Advertisement-

-Advertisement-

މަހުރަމަކާއިއެކު އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 7 އަހަރުގެ ޖަލު ޙުކުމެއް

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

ކައިވެނި ކުރުން ހަރާމް މަހުރަމަކާއިއެކު އެކު ޖިންސީ އަމަލެއް ހިންގަން އުޅުނު ދިވެހި ފިރިހެނަކު 7 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަހުރަމަކާއެކު ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށް ގ. ޢަރޫޝާމަންޒިލް، މާލެ ޙަސަން ރަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ޙުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މިކުށުގެ އުގޫބާތެއްގެ ގޮތުން ޖިންސީ ކުށުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޙަސަން ރަޝީދު 7 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއާ ހަވާލާދީ ޙުކުމް ކުރުމުގެ ކުރިން މުއްތަހަމް ބަންދުގައި ހޭދަ ކުރި މުއްދަތު ވަނީ ޖަލު އަދަބުން އުނިކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-