-Advertisement-

-Advertisement-

ކުރީގެ ޕިޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވައިފައިވާ މީހުން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް، އެ މަޤާމުގައި ހުންނަވަނިކޮށް އެ މަނިކުފާނަށް  މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ 07:42ށް ހާއިރު  ނޫރު މިސްކިތް ކައިރީ މަގުމަތީގައި ހުއްޓައި ޝަމީމަށް ހަމާދިން މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ހައްޔަރު ކުރި 7 މީހުންނަށްވެސް ދައުވާ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކުރުމަށް ފޮނުވި މީހުން:

  1. މި މައްސަލައިގައި ހިމެނޭ ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމް
  2. ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާން
  3. ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމް
  4. ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފް
  5. ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިން
  6. ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނު
  7. އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރު

މި މީހުންގެ މައްޗަށް ދައުލަތުން ކުރަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-