-Advertisement-

-Advertisement-

މެމްބަރުން ހަމަ ނުވުމުން އެމްއާރްއެމް އުވާލުމަށް އަނެއްކާވެސް ނިންމައިފި

ރައީސް މައުމޫން (2016) – ފޮޓޯ: އަވަސް

ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވައިގެން ހިންގަމުން އަންނަ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން އެޕާޓީ އުވާލުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް އެމްއާރްއެމްގައި މެމްބަރުން ހަމަނުވާކަމަށެވެ.

އެހެން ކަމުން އެ އަދަދު ހަމަނުވުމުގެ ސަބަބުން އެ ޕާޓީ އުވާލުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ އަދަދަކީ،3،000ވެ.

އެހެން ނަމަވެސް މި އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާކަމަށް ނިންމައި 2023 ވަނަ އަހަރުގެ މެއި މަހުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރްއެމް އުވާލުމަށް ނިންމައިފައެވެ.

އެހެން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ޕާޓީން ވަނީ އިލްކެޝަންސް ކޮމިޝަނާއި ދެކޮޅަށް ދައުވާކޮށް އެ ނިންމުން ބާޠިލްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-