-Advertisement-

-Advertisement-

3000 މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލުމަށް އީސީ އިން ނިންމައިފި

ފޮޓޯ: ޕީއެސްއެމް ނިއުޒް

ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެންބަރުން ހަމަނުވާތީވެ މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ލާޒިމުކުރާ އަދަދަށް 3000 މެންބަރުން ހަމަނުވާތޫވެ އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ކަމަށް އީސީ އިން ވަނީ ހާމަކޮށްފަ އެވެ.

އީސީ އިން ވަނީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެމްއާރްއެމް ގައި 3000 މެންބަރުން ހަމަނުވުމާއި ގުޅިގެން އެޕާޓީ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އެމްއާރްއެމް އިން ވަނީ އެޕާޓީގައި 3000 މެންބަރުން ހަމަވާނެ ކަމަށް ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންއާރުއެމް އުވާލުމަށް ނިންމުމުން އެޕާޓީއިން އެމައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި މިމައްސަލައިގައި ސިވިލް ކޯޓުން ވަނީ އީސީ އިން އެމްއާރްއެމް އުވާލުމަށް ނިންމާފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅާ މިދިޔަ ފެބްރުއަރީ މަހުގައި ހުކުމް ކޮށްފައެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. އަދި 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ އެޕާޓީއެއް އުވާލަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-