-Advertisement-

-Advertisement-

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު 2 މީހަކަށް ފަރުވާ ދެނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: އެޑިޝަން އެމްވީ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 2 ބިދޭސީއަކަށް ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އިއްޔެ ގ. ސެންޓުގެ ގޯޅިތެރޭގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ  މީހަކާއި އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މީގެ ތެރެއިން އެކަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައެވެ.

މި ހާދިސާގައި ފިހުނު ބަންގްލަދޭޝް މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ އިރު، މި ހާދިސާގައި ފިހުނު އިންޑިއާއަށް ނިސްބަތްވާ މީހާ ގެންދެވިފައިވަނީ އައިޖީއެމްއެޗަށެވެ. މި ހޮސްޕިޓަލްތަކާ ހަވާލާދީ އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ބަންގްލަދޭޝް މީހާގެ ހަށިގަނޑުގެ 6 އިންސައްތަ ވަނީ ފިހިފައެވެ. އަދި އިންޑިއާ މީހާގެ ހަށިގަނޑުގެ 3 އިންސައްތަ ވަނީ ފިހިފައިކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގ. ސެންޓުގެ ގޯޅިތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ ރޭ 08:43 ހާއިރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-