ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކުރައްވައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ބޭންކް ގެ ބޯޑް މެމްބަރުކަމުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފައިވާކަމަށެވެ.
40 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ބީއެމްއެލްއަށް ޚިދުމަތް ކުރެއްވި އާއިޝަތު ނޫރައްދީން އެ ބޭންކްގެ ބޯޑަށް އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.
އިސްތިއުފާދެއްވި އިރު އައިޝަތު ނޫރައްދީން ހުންނެވީ، ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯގެ މަޤާމުގައެވެ.
އެމްއެލްގެ އިންޓަނޭޝަނަލް ބޭންކިން އުފެއްދުވުމުގައި އިސް ދައުރެއްވެސް އަދާކުރެއްވި އައިޝަތު އެންމެ ފުރަތަމަ އެ ބޭންކްގެ ވަޒީފާއާއި ގުޅިވަޑައިގަތީ، 1982 ގައެވެ.