-Advertisement-

-Advertisement-

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން ޙަލީމް އައްޔަންކުރައްވައިފި

ޙުސައިން ޙަލީމް. ފޮޓޯ: ޕީއެސްއެމް ނިއުސް

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން ޙަލީމް އައްޔަންކުރައްވައިފިއެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި އިންސްޓިޓިއުޓްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ.

މި މަޤާމަށް އައްޔަނުވެވަޑައިގެންނެވުމުގެ ކުރިން ޙުސައިން ވަނީ އެމެރިކާގެ ޑެލެވެއާ ޔުނިވާސިޓީން ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމް (އައިސީއީޕީ) ފުރިހަމަކުރައްވާފައެވެ. މި ސްކޮލާޝިޕަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށް ޙުސައިނަށް ލިބިވަޑައިގެން ފުރުޞަތެކެވެ.

މީގެ އިތުރުން ޙުސައިން ވަނީ 2018 ވަނަ އަހަރު ލ. އަތޮޅުގައި ބޭއްވި އެތުލެޓިކްސް ކޯޗިންގެ ލެވެލް 1 ކޯސް ފުރިހަމަކުރައްވާފައެވެ. އޭގެ ފަހުން ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު ހުސައިން ވަނީ ކޯޗިންގެ ލެވެލް 2 ސިންގަޕޫރުގައި ފުރިހަމަކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހުސައިންގެ ހިއްސާތައް:

  • އިންޑިއާގެ ގުވަހަޓީގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވެވަޑައިގެންނެވުން
  • 2018 ގެ އޭޝިއަން ޔޫތު ގޭމްސްގެ ކޯޗެއްގެ މަގާމު ފުރުއްވުން
  • ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާތައް އަދާކުރެއްވުން
  • 2019 ގެ ސައުތު އޭޝިއަން ގޭމްސްގެ ކޯޗެއްގެ މަގާމު ފުރުއްވުން
  • އެތުލެޓިކްސްގެ ޔޫތު ޓީމުތަކާއެކު މަސައްކަތް ކުރެއްވުން

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސަކީ ކުޅިވަރުގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމަށާއި ކުޅިވަރުގެ ތަޢުލީމާ ގުޅޭ ދިރާސާތައް ހިންގުމުގެ އިތުރުން ކުޅިވަރުގައި ހަރަކާތްތެރިވާ މީހުންނާއި އެތުލީޓުންނަށް އެންޓި-ޑޯޕިންގެ ތަޢުލީމު ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އިންސްޓިޓިއުޓެކެވެ. މީގެ އިތުރުން އެ އިންސްޓިޓިއުޓުން އެތުލީޓުންނަށް އެންޓި-ޑޯޕިން ޓެސްޓު ހެދުމަށް ވެސް މަގުފަހިކޮށްދެއެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ގިނަ ހަރަކާތްތަކަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންޓި-ޑޯޕިން އޯގަނައިޒޭޝަންއާ ގުޅިގެން ރާއްޖޭގެ އެތުލީޓުންނަށް ހިންގާ ޕްރޮގްރާމްތަކެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-