ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 11.62 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭގައި 10.20 ކިލޯގެ ކެނެބިސް، 0.680 ކިލޯގެ ކެތިނޯން އަދި 0.740 ކިލޯގެ ހެރޮއިން ބޭނުން ކޮށްފައިވާ ކަމަށެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 27, 2024
ބާވަތާއި ބަރުދަން:
▫️ކެތިނޯން - (0.680) ކިލޯ
▫️ކެނެބިސް - (10.20) ކިލޯ
▫️ހެރޮއިން - (0.740) ކިލޯ
މަގުމަތީ އަގު (ޖުމްލަ): 9.86 މިލިއަން ދިވެހި ރުފިޔާ@HomeMinistrymv @CG_Customsmv pic.twitter.com/23kC1gpE7k
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ކެތިނޯން އަތުލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ހެރޮއިން އާއި ކެނެބިސް އަތުލައިގެންފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެއޮތޯރިޓީ އިން ވަނީ 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. ނޫސްވެރިންނާއި ބައްދަލު ކުރައްވާ އެއޮތޯރިޓީގެ ތަފާސް ހިސާބު ހިއްސާ ކުރައްވަމުން ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މިއެއްޗެހީގެ ލަފާކުރާ މަގުމަތީ އަގު 106،358،952 ދިވެހި ރުފިޔާއަށް އަރާނެ އެވެ.
މީގެއިތުރުން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް އެންމެ ގިނައިން އަތުލައިގަނެފައި ވަނީ ކެނަބިސްގެ ބާވަތްތަކެވެ. އެގޮތުން 17.38 ކިލޯގެ ކެނަބިސް، 5 ކޭސް އަކުން 11.60 ކިލޯގެ ހެރޮއިން، އަދި ކޮކައިން ގެ 15.64 ކިލޯވެސް ވެސް ވަނީ އަތުލައިގަނެފައެވެ.