ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ ދަތުރު ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިރޭ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤުރުއާން ހިތު ދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ހާފިޒަށް މާދަމާ ފުރުސަތު އެރުވޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާދަމާ ފުރުސަތު އެރުވޭ ކުއްޖާއަކީ ޤުރުއާންގެ އާޔަތުގެ ނަންބަރާއެކު ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.