-Advertisement-

-Advertisement-

އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫވާގޮތަށް ޢަމަލުކުރުމުން: ފުލުހުން

ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ރާއްޖޭގެ ބައެއް އެމްބަސީތައް ދޮށަށް ގޮސް އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫވާގޮތަށް ޢަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް އުޅުމުންކަމަށް ފުލުހުން ބުނެފިއެވެ.

އެމްބަސީތައް ކައިރިއަށް އެއްވެ އަޑުއުފުލާ 2 އަންހެނެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މި ހަފްތާ ވަނީ ދައުރުވާން ފަށާފައެވެ. އެ ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރު 01:00 ހާއިރެވެ.

އިއްޔެ ފުލުހުން ހައްޔަރު ކުރި 2 އަންހެނުން:

  • ޢާއިޝަތު ޝާދިޔާ (47އ)، ކ.މާލެ ބަޑިކުޅިމާގެ.
  • ޑރ. ޝަޛުރާ އިބްރާހީމް (36އ)، ގދ. ރަތަފަންދޫ، ލިލީގެ.

ފުލުހުން ބުނީ މި 2 އަންހެނުންނަށް ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އަންގާފައިވާނެކަމަށެވެ. ނަމަވެސް އެ ކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކުރީ ކޯޓު ޢަމުރެއްގެ ދަށުންކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މި ޢަމަލުތަކާ ގުޅިގެން ޢާއިޝަތު ޝާދިޔާއާއި ޝަޛުރާ އިބްރާހީމަށް އެ ގޮތަށް ޢަމަލު ނުކުރުމަށް އެކިފަހަރުމަތިން ނަސޭހަތްތެރިވެފައިވާނެކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން
  • ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާ ޚިލާފުވުން
  • ޑިޕްލޮމެޓިލް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޢަމަލުކުރުން
  • އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތް ކުރުން
  • ވަކި ސަފީރަކަށް އުނދަގޫކުރުމުގެ ޢަމަލުތަކެއް ހިންގަމުންދިޔުން

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ޙައްޤު ބޭނުން ކުރުމުގައި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އާންމުންގެ ފަރާތުން އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-