-Advertisement-

-Advertisement-

އަންހެނަކަށް ވަޅިން ބިރު ދައްކައިގެން ފިލަން އުޅުން މީހާ ހައްޔަރުކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ފުލުހުންނަށް ފިލަން އުޅުން މީހާ ހައްޔަރު ކޮށްފި އެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު އަންހެން މީހާ ހިފަހައްޓައިގެން ހުރެ، ވަޅިން އަންހެން މީހާގެ ކަރުގައި ޖައްސައި އެ އަންހެން މީހާ ގޮވައިގެން އެގެއިން ބޭރަށް ނިކުންނަ ތަން ފެނިގެންދެ އެވެ. އަދި ނިކުމެ ސައިކަލަށް އަރާ އިންނަ ތަން ފެނެއެވެ. އޭރު އެސަރަހައްދުގައި ފަސް ވަރަކަށް ފުލުހުން ހަރަކާތްތެރި ވަމުންދާއިރު ތަން ވެސް ވީޑިއޯ އިން ފެނިގެންދެއެވެ.

އެއަށްފަހު ފުލުހުން އޭނާ ހައްޔަރު ކުރަން އުޅޭތީވެ، ފުލުހުންނަށް ފިލަވެގެން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ، އަންހެން މީހާއަށް ބިރު ދެއްކުމުން އަންހެން މީހާ ދިޔައީ ސައިކަލު ދުއްވަމުންނެވެ.

ވަކި ހިސާބަކުން ސައިކަލު މަޑުކޮށްފައި ހުއްޓާ ފުލުހުން އޭނާގެ ފަހަތުން ކުއްލިއަކަށް މުގުރުން ހަމަލާދީ، އޭނާ ވައްޓައިލާތަން ފެނިގެންދެއެވެ. އެއަށްފަހު ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުން ގުޅިގެން އަންހެން މީހާ ސަލާމަތްކޮށް، އެފިރިހެން މީހާ ވަނީ ހައްޔަރު ކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-