-Advertisement-

-Advertisement-

ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ފޮޓޯ: ޕީއެސްއެމް ނިއުސް

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ 4 ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ބައި ކިލޯއަށްވުރެ އިތުރުވާނެކަމަށެވެ.

އެ ޕެކޭޖްތަކުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ވަނީ ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެ ތަކެތި މިހާރު ވަނީ އިތުރަށް ތަޙުޤީޤުކުރުމަށް ފުލުހުންނާ ހަވާލުކުރެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-