ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކޮށްދެއްވުމަށް އެދި އެ މަނިކުފާނުގެ ޙައްޤުގައި އާދޭސްކޮށް އޭރުގެ ރައީސް ޞާލިޙަށް މެސެޖް ކުރެއްވިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގއި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ފާއިތުވި ސަރުކާރުން ރައީސް ޔާމީން ހައްޔަރުކުރައްވައި ޕޮލިހަށާއި ކޯޓަށް ހާޒިރުކުރެއްވި އިރު އެ މަނިކުފާނުގެ ދިފާޢުގައި އަބަދުވެސް ރައީސް ހުންނެވިންކަމަށެވެ.
އެގޮތުން ރައީސްގެ ވިސްނުންފުޅުގައި ހުންނެވީ ރައީސް ޔާމީނަށް ކުރެވިފައިވާ ތުހުމަތުތަކުން އެ މަނިކުފާނު ސަލާމަތްކޮށްދެއްވައި މިނިވަންކޮށްދެއްވުން އެކަނިކަމުގައި ފާހަގަކުރައްވައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޔާމީން ޖަލުގައި ހުންނެވި އިރުވެސް އެމަނިކުފާނު މިނިވަންކޮށްދެއްވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި ލީޑަޝިޕްގެ އެހެން ބޭފުޅުންނާ އެކީގައި އެމަނިކުފާނު ހުންނެވިކަމަށެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ދުވަހު ވެސް ހަމަ ހީނުކުރާ ވަރުގެ އުފާވެރި އިހުސާސްތަކެއް ވި އެ އިމޯޝަންގެ ތެރޭގައި އެހާ ދުވަހު އުޅެފައި – ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް މުއިއްޒުވަނީ، ޔާމީން މިނިވަންކޮށްދެއްވުމަށް އެދި ޞާލިހަށް ގިނަ މެސެޖުތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރޯދައަށް ގެއަށް ގެނެސް ދިނުމާއި ދަރިފުޅުގެ އޯލެވެލް ކަައިރި ވަމުން އަންނާތީ އެ ދުވަސްވަރަށް އެކަނި ނަމަވެސް އެމަނިކުފާނު ގެޔަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް ޞާލިހަށާއި ބާރު ހުރި ވަޒީރުންނަށްވެސް މެސެޖްކުރެއްވިކަމުގައި ރައީސް ޑރ މުޢިއްޒު ވިދަޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕީޕިއެމް ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. ޔާމީން ވިދާޅުވި ގޮތުގައި ވަކިވެވަޑައިގަތީ ރައީސް ޑރ. މުއިއްޒާއި، ޔާމީނާ ގުޅުން ހީނަރުވެ ޕާޓީ ހިންގުމުގައި ޔާމީން އެކަހެރިކުރުމަށް މަސައްކަތް ކުރުމުންނެވެ.