-Advertisement-

-Advertisement-

ހުވަފެންފުށި ކައިރިން ހިއްކާފައިއޮތް ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަނީ

މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު. ފޮޓޯ: ސޯޝަލް މީޑިއާ

ކ. ހުވަފެންފުށީގައި ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު ކިޔާ ދިވެހި ފިރިހެނެކެވެ. އެ ޒުވާނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ވެސް ފުލުހުން ބުނެއެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ ލަސްނުކުރައްވާ ފުލުހުންނާ ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ތަސްލީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639)އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-