-Advertisement-

-Advertisement-

ދައުލަތުގެ ފައިސާއިން އަމިއްލަ ދަތުރުފުޅުތަކަށް ހަރަދެއް ނުކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީއެސްއެމް

އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ސަންގުޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާއިން އަމިއްލަ ދަތުރުފުޅުތަކަށް ހަރަދު ނުކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ނުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސަކު އަމިއްލަ ދަތުރުފުޅެއް ކުރައްވާނަމަ އޮންނަނީ މުލިއާގެ ބަޖެޓުން ހަރަދު ކުރެވޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެމަނިކުފާނުގެ އަމިއްލަ އެއްވެސް ދަތުރަކަށް ދައުލަތުގެ ފައިސާއިން ހަރަދުކޮށްފައި ނުވާނެ ކަމަށާއި، މުލިއާގެ ބަޖެޓުން އެ ހަރަދުތައް ކުރެވެން ފުރުސަތު އޮތް ކަމުގައިވީ ނަމަވެސް އެފުރުސަތު ބޭނުންފުޅު ނުކުރައްވާނޭ ކަމަށެވެ.

“މިއަދާއި ހަމައަށް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި، ޓިކެޓު ވިއަސް، އެކޮމޮޑޭޝަން ވިއަސް އެއްވެސް ހަރަދެއް އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުންގެ ވެސް ކުދިންގެ ވެސް… އެއްވެސް މީހެއްގެ ހަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް” ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމީ ކިރިޔާ ވެސް އަމިއްލައަށް ވާން އޮތީ އެކަމެއް އަމިއްލައަށް ކުރާ މީހެއް” ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މުލިއާގެ މަރާމާތުކޮށް ނިމެންދެކަށް ދިމްޔާތުގައި ހުރި މަސްތަކުގައި ހުރިހާ ހަރަދެއް ކުރައްވާފައި ވާނީ އަމިއްލަފުޅަށް ކޮށްފައިވާއިރު، އެކަމާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

“ވަރަށް ގިނަ އެލިގޭޝަންސްތައް އައި. މުލިއާގޭ ބަޖެޓުންނޭ ހަރަދު ކުރީ. ނޫނީ ފަހުން ބިލު ކުރީއޭ. ނޫން. ނުވެސް ކުރާނަން. އަޅުގަނޑު އަމިއްލައަށް ހުރިހާ ހަރަދެއް ކުރީ. އަޅުގަނޑުމެންގެ ސެކިއުރިޓީ ސެޓަޕް ހަދައިގެން ހުރިހާ ކުއްޔަށް ދޭ ކޮޓަރިތައް ހަމަޖެއްސީ ވެސް އަމިއްލައަށް.” ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-