-Advertisement-

-Advertisement-

އިންޑިއާގެ ދެ ހޮސްޕިޓަލަކުން އާސަންދަ މެދުކަނޑާލައިފި

އިންޑިއާގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލް އަދި ސައިޓްކެއާ ހޮސްޕިޓަލް. ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލް އަދި ސައިޓްކެއާ ހޮސްޕިޓަލުން އާސަންދަ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މި ދެ ހޮސްޕިޓަލަކީ ވެސް އާންމުކޮށް ދިވެހިން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ދަތުރު ކުރާ ބެންގަލޫރުގައި އޮޕަރޭޓު ކުރަމުންދާ ދެ ހޮސްޕިޓަލެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި މި 2 ހޮސްޕިޓަލުން އާސަންދަ ދިނުން މެދުކަނޑާލަން ޖެހުނީ މި 2 ހޮސްޕިޓަލުން ވެސް ކްރެޑިޓަށް ބޭސްފަރުވާދިނުން ހުއްޓާލުމަށް ނިންމާފައިވާތީއެވެ. އަދި މި 2 ހޮސްޕިޓަލުގެ އެދުމުގެ މަތިން މި 2 ހޮސްޕިޓަލަށް އާސަންދައިގެ ދަށުން ބޭސްފަރުވާކުރުމަށް ދާ ފަރާތްތައް ފޮނުވުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ވެސް އާސަންދައިން ހާމަކުރެއެވެ.

އާސަންދަ ނިޒާމަކީ އިސްރާފުކަން ކުޑަ އަދި އެންމެ ޚައްޤުކަން ބޮޑު މީހުނަށް އެހީ ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް އާސަންދަ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު އިންޝުއަރެންސެއް އޮންނަ މީހުންނަށް އާސަންދަ ލިބޭނީ އެ އިންޝުއަރެންސަކުން ކެނޑުމަށްފަހުގައިކަމަށް އާސަންދައިން މިހާރު ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-