ދިވެހި ދެ ޑޮކްޓަރަކަށް ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ހަމަލާދީފި އެވެ.
ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދަރިވަރަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “މިހާރު” އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިއްޔެ ހަވީރު ޑިއުޓީގައި ތިބި ދެ އަންހެން ޑޮކްޓަރުންނަށް ހަމަލާދީފައި ވަނީ ހާޓް އެޓޭކެއް ޖެހުނު ޕޭޝަންޓަކަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލީ ކަމަށް ތުހުމަތު ކޮށްފައެވެ.
އެހެންނަމަވެސް އިއްޔެ ހަވީރު 15:00 ގައި ޑޮކްޓަރުންގެ ޝިފްޓު ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް އެދެޑޮކަޓްރުން ވެސް އެމީހާއަށް ދީފައި ނުވެއެވެ.
އޭނާ މަރުވުމުން، މަރުގެ ސެޓްފިކެޓް ހެދުމަށް އައިޑީކާޑު ބަލައި ދިޔަ ވަގުތުގައި މިހާދިސާ ހިނގާފައިވާއިރު، މިހާދިސާގައި އެއްޑޮކްޓަރުގެ ކޮނޑަށް ހަމަލާދީ، އަނެއް ޑޮކްޓަރުގެ އަތަށް ދަމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑޮކްތަރުންނަށް ހަވާލާ ހަވީރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮކްޓަރުންނަށް ހަމަލާދިން މީހުން ވަނީ ވަރަށް ހަޑި ހުތުރު ބަހުން ޑޮކްޓަރުންނާ ވާހަކަ ދައްކާފައެވެ.
މިހަމަލާއިން ޑޮކްޓަރުން ސަލާމަތް ކުރުމަށް ހޮސްޕިޓަލުގައި އެވަގުތު ތިބި ބައެއް ސިނާއާ މީހުން ޑޮކްޓަރުން ސްޓޯ ރޫމަށް ގެންގޮސްފައިވާއިރު، ދެގަނޑިއެއްހާއިރު، އެމީހުން އެތަނުގައި ތިބިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ހޮސްޕިޓަލުގެ ސެކިއުރިޓީން އެވަގުތު ތިބީ ހަޅުތާލެއްގައި ކަމުން މިދުވަސްވަރު ހޮސްޕިޓަލުގެ ސެކިއުރިޓީ ބަލާނެ ބަޔަކު ނެތެވެ. އަދި މިހޮސްޕިޓަލުގައި ކިޔަވާ ދިވެހި ދަރިވަރުން ވަނީ މިކަމާއި ގުޅޭ ގޮތުން ހޮސްޕިޓަލްގެ މެނޭޖްމެންޓާއި މާދަމާ ބައްދަލުކުރުމަސް ނިންމާފައެވެ.