ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭއިން އެކްސްޕޯޓު ކުރި އަދަދު އަށް ޕަސެންޓަށް ދަށްވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ހަތް މަސް ތެރޭ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓްކޮށްފައި ވަނީ 237 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް ހުސްވި އަހަރުގެ މިމުއްދަތުގައި 257 މިލިއަން ޑޮލަރުގެ މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމުއްދަތުގެ ތެރޭގައި ޑޮމެސްޓިކް އެކްސްޕޯޓު 44 ޕަސެންޓުން ވަނީ ދަށަށް ގޮސްފަ އެވެ. ޑޮމެސްޓިކް އެކްސްޕޯޓްގެ ގޮތުގައި މިދިޔަ ހަތްމަހު 51 މިލިއަން ޑޮލަރުގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި އެއަދަދު 110 މިލިއަން ޑޮލަރަށް އަރައެވެ.
އެގޮތުން މަހުގެ ބާވަތްތަކުގެ އެކްސްޕޯޓު 46 ޕަސެންޓަށް ދަށަށް ގޮސްފައިވާއިރު އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ހަތް މަސްތެރޭ މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެ އަދަދު ހުރީ 103 މިލިއަން ޑޮލަރުގަ އެވެ.
މީގެއިތުރުން އެމްއެމްއޭގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަތްމަސް ދުވަހުގެ ތެރޭގައި ރީ އެކްސްޕޯޓު ކުރި އަދަދު ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން ރީއެކްސްޕޯޓުކޮށްގެން 175 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
އެކްސްޕޯޓު ކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާއިރު، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދެ ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އިމްޕޯޓު ކުރި އަދަދު ވަނީ ހަތަރު ޕަސެންޓަށް އިތުރުވެފަ އެވެ.