-Advertisement-

-Advertisement-

ގެއްލުނު ތަސްލީމް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު. ފޮޓޯ: ސޯޝަލް މީޑިއާ

ކ ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް މިދިޔަ ހުކުރު ދުވަހު ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް ހޯދުމަށް ބޮޑު ސަރަހައްދެއް ބެލިއްޖެކަމަށް އެމްއެންދީއެފުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ހޯދުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަތައް ހިއްސާކުރަމުން އެމްއެންޑީއެފުން ވިދާޅުވީ، ތަސްލީމް ހޯދުމަށްޓަކައި ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި، އަދި 3000 އަކަފޫޓުގެ ސަރަހައްދެއް ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

އަދި މިހާތަނަށް ލިބިފައިވާ މައުލޫތަށް ބަލާއިރު، ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ ވެސް އިއްޔެ ހުކުރުދުވަހު 10:00އި 11:00އާ ދެމެދުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-