-Advertisement-

-Advertisement-

އިންވެސްޓަރުންނަށް ރަށްވެހިކަން ދިނުމަށް މަޝްވަރާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު – ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް ރަސްވެހިކަން ލިބިދޭ، އިންވެސްޓަރސް ރެސިޑެންސް ޕްރިގްރާމެއް ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އޮފީހުގެ މީޑިޔާ ޕްލެޓުފޯމުތަކުގެ ޒަރީއާއިން ދެއްވި މެސެޖެއްގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސާދާ ގުޅުންހުރި މުހިއްމު ކަންތައްތަކެއް މަޝްވަރާކުރެއްވުމަށް ނިންމަވައިފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމަކީ ރާއްޖޭގެ  އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ފަށާ މުހިއްމު ޕްރޮގްރާމެއްކަމުގައި ވިދަޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިކަމަކީ ދުބާއީ އަދި ސިންގަޕޫރްފަދަ ޤައުމުތަކުގައިވެސް ފަށައިގެން ކުރިއަށްދާ ޕްރޮގްރާމެއްކަމަށާއި އެކަމާއި ގުޅުގެން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ނިންމަވައިފައިވާކަމަށެވެ.

އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާއެއް ދިނުމެވެ. ރެޒިޑެންސީ ވިސާއަކީ އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދޫކުރާ ދިގު މުއްދަތުގެ ވިސާއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-